ޗައިނާގައި މޫދު ކައިވެނީގެ ނަމުގައި މަސްވެރި އުޅަނދުފަހަރުގައި ކައިވެނި ކުރުމަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
މިގޮތަށް ކުރާ ކައިވެނިތައް ކުރަނީ ޗައިނާގެ އެންމެ ޒަމާންވީ ޘަޤާފަތާއި އެއްގޮތަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ ފަތުރުވެރިންވެސް މިފަދަ ކައިވެނީގެ ހަފްލާތައް ބަލަން ޝައުޤުވެރިވެއެވެ.
މަސްވެރި އުޅަނދުފަހަރުގައި ކައިވެނިކުރުމަށްފަހު ދެމަފިރިން ގޮވައިގެން އުޅަނދުގައި ބުރެއްވެސް ޖަހާލައެވެ. މަސްވެރިކަމަކީ ޗައިނާގެ ގިނަ ބައަކު މިހާރުވެސް އެންމެ ގިނައިން ކުރާ މަސައްކަތެވެ. އެހެންކަމުން މަސްވެރިކަމަށާއި މަސްވެރި އުޅަނދުތަކަށް ޚާއްޞަ ޤަދަރެއް ދެއެވެ.