އީރާނުގެ ސަރުކާރާއި ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވި ދެ މީހަކު މަރާލައިފިއެވެ.
އެދެމީހުން މަރާލީ ކޮން ބައެއްކަން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން މުޒާހަރާގެ ތެރެއަށް ބަޑި ނުޖަހާކަމަށް ބުނެއެވެ.
އެއްވުން އިންތިޒާމުކުރި ފަރާތާއި ހަވާލާދީ ބުނެފައިވަނީ މުޒާހަރާ ކުރިއަށް ގެންދިއައީ ޞުލްޙަވެރިކަމާއިއެކުގައި ކަމަށާއި 2 މީހަކު މަރުވީ އެންމެ ފަހު ވަގުތު ހިނގި ކަންތައްތަކެއްގެ ތެރެއިން ކަމަށެވެ.
ސަރުކާރުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.