އިންޑިއާގެ ވެރިރަށް ދިއްލީއަށް ކުރިމަތިވެފައިވާ ފުހުގެ މައްސަލަތަކާއި ގުޅިގެން ރޭލް ދަތުރުތަކަށް ބުރޫއަރަމުން އައިސް މިއަދު ހެނދުނު ވަނީ އިންދިރާގާނދީ އިންޓަރނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައްވެސް ހުއްޓުމަކަށް އައިސްފައެވެ.
ހެދުނު އެއަޕޯޓުން ބުނީ ފްލައިޓުތަކުގެ ދަތުރުތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށައި ދަތުރުތައް ހުއްޓާލަން ޖެހުނީ ފުސް ބޯވުމުގެ ސަބަބުން ފެންނަންޖެހޭ ވަރަށް ދުރު ނުފެންނާތީ ކަމަށެވެ.
ދިއްލީގައި ހެނދުނު ހޫނުމިން ހުރީ 6.4 ޑިގްރީގައެވެ.
އިއްޔެއަށް ބަލައިފިނަމަ 15 އަށްވުރެ ގިނަ ރޭލްދަތުރު ވަނީ ކެންސަލްކޮށްފައެވެ. 57 ދަތުރުުވަނީ ލަސްކުރަން ޖެހިފައެވެ.