ޗައިނާ ސަރުކާރުގެ މިންގަނޑަށްވުރެ އިތުރަށް ތެޔޮ އަންދާ ކާރުތައް އުފެއްދުން މަނާކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޗައިނާ ސަރުކާރުގެ މިންގަނޑަށްވުރެ އިތުރަށް ތެޔޮ އަންދާ ކާރުތައް އުފެއްދުން މަނާކުރަނީ
ޗައިނާ ސަރުކާރުގެ މިންގަނޑަށްވުރެ އިތުރަށް ތެޔޮ އަންދާ ކާރުތައް އުފެއްދުން ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތުން 553 ވައްތަރެއްގެ ކާރު އުފެއްދުން މަނާކުރަން ވަނީ ހަމަޖައްސައިފައެވެ. އެއިގެ ތެރޭގައި ވޮލްސްވެގަން، ބެންޒް ފަދަ ދުނިޔޭގެ މަޝްހޫރު މަރުކާތަކުގެ އުފެއްދުންތައްވެސް ހިމެނެއެވެ.

ތިމާވެށީގެ މައްސަލަތަކުން ސަލާމަތްވުމަށް ޗައިނާއިން ގެންދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެއިގެތެރޭގައި އިއާދަކުރަނިވި ހަކަތަ އާއި ކަރަންޓް ބޭނުންކޮށްގެން އުފައްދާ ކާރުގެ ބާވަތްތައް އިތުރުކުރުން ހިމެނެއެވެ.

ބޭނުންކުރާ ކާރުތަކުގެ އަދަދު ގިނަވެފައި އެއިން އަރާ ދުންތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އިތުރުން އުފެއްދުންތެރިކަމުގެ ސިނާއަތުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ވެސް ޗައިނާ އިން ގެންދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ގިނަ އަދަދަކަށް ޖައްވަށް ދުން ބޭރުކުރާ ވަރަށް ގިނަ އަދަދެއްގެ ފެކްޓްރީތައް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ.
މިއަދު އޮންލައިން