ސައުދިއަރަބިޔާއިން އެޗް5އެން8 އެވިއަން ފްލު ޖެހިފައިވާ 7 މީހުން ފެނިއްޖެއެވެ. މި މީހުން ފެނިފައިވަނީ 24 ގަޑިއިރުގެތެރޭގައެވެ.
މި 7 މީހުންގެ ތެރޭގައި ހިމެނެނީ ވެރިރަށް ރިޔާޛުން ފެނުނު 5 މީހުންނާއި ޤަސިމް އިން ފެނުނު މީހަކާއި ތަރައުތުން ފެނުނު މީހެކެވެ.
މިކަމާއި ގުޅިގެން ކުކުޅު ފާމްތަކާއި ދޫނިތައް ބަލައި ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ފުރަތަމަ ޗެކްކުރަމުން ގެންދަނީ ބަލި ފެނުނު ސަރަހައްދުތަކެވެ. ބަލިޖެހިފައިވާ ގިނަ އަދަދެއްގެ މިހާރުވެސް ވަނީ ފެނިފައެވެ.
މީގެ އިތުރުން މިބާވަތްތައް ވިއްކާ ބާޒާރުތަކުގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތިވެސް މިހާރު ގެންދަނީ ޗެކްކުރަމުންނެވެ.
ބަލި ފެނުނު ސަރަހައްދުތަކުގެ މީހުންގެ ގައިންވެސް ސާމްޕަލް ނަގައި މިހާރު ގެންދަނީ ޓެސްޓްކުރަމުންނެވެ.