ގަޑިއަކު މީހަކަށް ސްޓްރޯކެއް ޖެހޭ- ކަންބޮޑެއް ނުވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ގަޑިއަކު މީހަކަށް ސްޓްރޯކެއް ޖެހޭ- ކަންބޮޑެއް ނުވޭތަ؟
ޔޫއޭއީއަށް ބަލައިފިނަމަ އަހަރަކު 8000 މީހުންނާއި 10،000 މީހުންނާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ސްޓްރޯކް ޖެހި ގިނަ ބައަކު ނުކުޅެދުންތެރިންނަށްވެއެވެ. މީގެ ތެރެއިން ދެބައިކުލަ އެއްބައަކީ އުމުރުން 45 އަަހަރުން ދަށުގެ މީހުންނެވެ.

މިހައި ގިނަ ބައަކަށް ސްޓްރޯކްޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ ލޭމައްޗަށް ދިއުމާއި ހަކުރުބައްޔާއި ކޮލޮސްޓްރޯލް ލެވެލް މަތިވުން ފަދަ ބަލިތަކެވެ. މި ސަބަބުތައް މެދުވެރިވަނީ ކެއުމުގައި ބޭނުންކުރާ ރަނގަޅު ނޫން ތަކެއްޗާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ލޭ ހޮޅިތައް ބެދުމުގެ މައްސަލައަކީވެސް ޑޮކްޓަރުން އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައެވެ. ހަމަ އެއައިއެކު މީހަކަށް ދުވާލަކު ބޭނުންވަނީ އެންމެ 2 ގްރާމުގެ ލޮނު ކަމަށްވެފައި ބައެއް މީހުން ޢާންމު ގޮތެއްގައި 15 ގްރާމް ލޮނު ބޭނުންކުރާކަންވެސް ޑޮކްޓަރުން ފާހަގަކުރެއެވެ.

ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި ސްޓްރޯކްޖެހޭ މީހުންގެ 80 އިންސައްތައަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.

ސްޓްރޯކްޖެހެން މެދުވެރިވާ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވާ 3 ބައްޔަކީ ރާއްޖޭގައިވެސް އެންމެ ގިނައިން ޢާންމުވަމުން އަންނަ ބަލިތައްކަމުގައި ޑޮކްޓަރުން ދަނީ ފާހަގަކުރަމުންނެވެ.
މިއަދު އޮންލައިން