ގްރީކުގެ ކޭކުއަޅާ މީހުން 2 ޓަނު ބައި، 2،500 ކިލޯގެ ކޭކެއް އަޅައި ގޭގެއަށް ބަހައިފިއެވެ.
ހޮނިހިރު ދުވަހު އެޅި މި ކޭކު 1500 ބައަށް ބައިކޮށް ރޭ ދަންވަރު ވަނީ ގޭގެއަށް ބަހައިފައެވެ. މިއީ ކޮންމެ އަހަރަކުވެސް އަހަރު ނިމުން ފާހަގަކުރުމުގެ ގޮތުން ކޭކުއަޅާމީހުން ކުރާ ކަމެކެވެ.
މިކަމުގައި ބައިވެރިވި ކޭކުއަޅާ މީހުން ބުނީ އަހަރު ދުވަހުގެ ވިޔަފާރިން ނުވަތަ ކުރި މަސައްކަތުން ލިބޭ އާމްދަނީން މިފަދަ ހޭދައެއް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މިއަހަރުގެ ކޭކަކީ ރެކޯޑް އަދަދަކަށް ބޮޑު ކޭކެކެވެ. 2015 ވަނަ އަހަރު އެޅި ކޭކުގެ ބަރުދަނަކީ 350 ކިލޯއެވެ. ކޮންމެ އަހަރަކުވެސް ކޭކުގެ ތެރެއަށް 200 ފައިސާ ފޮތިލައެވެ. އެ ފައިސާ ފޮތިތައް ލިބޭ މީހުންނަކީ ކުރިއަށް އޮންނަ އަހަރުގެ ނަޞީބުވެރިން ކަމަށް ބަލައެވެ.