ޤައުމުތަކާއެކު ކުރިއަށް ދާން ކުރާ ދަތުރުކުރުމަށް ޗައިނާއިން ފަރުބަދަވެސް ކަނޑާނެ، ބްރިޖްވެސް އަޅާނެ: ރައީސް ޒީ ޖިންޕިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޤައުމުތަކާއެކު ކުރިއަށް ދާން ކުރާ ދަތުރުކުރުމަށް ޗައިނާއިން ފަރުބަދަވެސް ކަނޑާނެ، ބްރިޖްވެސް އަޅާނެ: ރައީސް ޒީ ޖިންޕިން
ޗައިނާއިން ޤައުމުތަކާއެކު ކުރިއަށް ދިއުމަށް ކުރާ ދަތުރުކުރުމަށް ފަރުބަދަވެސް ކަނޑާނެ ކަމަށާއި ބްރިޖްވެސް އަޅާނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މީލާދީ އައު އަހަރު ފެށުމާއި ގުޅިގެން ޢާންމު ކުރެއްވެވި ޚިޠާބުގައެވެ.

ރައީސް ޒީ ވިދާޅުވީ 2017 ވަނަ އަހަރަކީ ވަރަށް ގިނަ ދާއިރާތަކުން ޗައިނާއިން އެހެން ޤައުމުތަކާއި އޮންނަ ގުޅުންތައް ކުރިއަށް ގެންދެވުނު އަހަރެއް ކަމަށާއި 2018 ވަނަ އަހަރުވެސް ޗައިނާއިން އެކަމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"2020 އަށް މިހާރު އޮތީ އެންމެ 3 އަހަރު. މަސައްކަތްކުރަންވީ ކަމަކުން ކަމަކުން ނިންމަމުން ގެންގޮސް އަމާޒަށް ވާސިލުވުމަށް. ޗައިނާ އަށާއި އެހެން ޤައުމުތަކަށް ބޭނުންވާ ކަންތައްތަކެއްވެސް އެބަހުރި. ގުޅިގެން މަސައްކަތްކުރަންވީ ކުރިއެރުމުގަ ކާމިޔާބު ހޯދަން."

ރައީސް ޒީ ވިދާޅުވީ ޗައިނާ އަކީ މިހާރު ދުނިޔެއަށް ބަސްވިކޭ އަދި އެހެން ގައުމުތަކަށް ބޭނުންވާ ކަންކަމުގައި ލަފައާއި އެހިތެރިކަމަށް އެދެމުން އަންނަ ޤައުމެއް ކަމަށެވެ. އެހެން ކަމުން ދުނިޔޭގައި ހިނގާ ކަންކަމަށް ޗައިނާގެ ބަސް މުހިންމު ކަމަށާއި ޗައިނާއިން ބަސް ބުނަމުން ގެންދާނެ ކަމަށެވެ.

ރައީސް ޒީ ވަނީ ޗައިނާގެ ރައްޔިތުންގެ ބޭނުންތަކެއް އަދިވެސް ފުއްދައި ނުދެވިހުރިކަން ފާހަގަކުރައްވައިފައެވެ. އަދި ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. "ސަރުކާރުތަކުން ވާރުތަވަމުން އައި ކަންތައްތަކެއް އެއީ. ނިންމައި ނުދެވި ހުރީމާ ރައްޔިތުން ކަންބޮޑުވަނީ. އެކަންކަން ފުއްދައިދޭނަން."

ރައީސް ޒީ ވިދާޅުވީ ޗައިނާއިން މަސައްކަތްކުރާނީ އދ ގެ ވިޔުގައިގެތެރޭގައި ކަމަށެވެ. އަދި އަބަދުވެސް އިސްކަން ދެއްވާނީ ދުނިޔޭގެ ޞުލްހައަށް ކަމަށެވެ.

ޗައިނާއިން ކުރިއަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށާއި އެކަމުގެ ސަބަބުން ޗައިނާއަށާއި ދުނިޔެއަށް ބޮދެތި ކުރިއެރުންތައް މިހާރުވެސް ދަނީ ލިބެމުންކަންވެސް ރައީސް ޒީ ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން