ކޮސްޓާރިލާއަށް ގޮސް ތިބި އެމެރިކާ ފަތުރުވެރިންގެ 10 މީހުން ގޮވައިގެން ދަތުރުކުރި ފްލައިޓެއް އުދުއްސައިލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. އެއިގެ ތެރޭގައި ފްލައިޓުގެ 2 ޕައިލެޓުންވެސް ހިމެނެއެވެ.
އިއްޔެ މެންދުރެއްހައި އިރު ހިނގި މިހާދިސާ އާއިގުޅިގެން ކޮސްޓާ ރިކާއިން ބުނެފައިވަނީ ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބު އަދި ނުއެނގޭ ކަމަށެވެ.
ވެއްޓުނު ފްލައިޓަކީ އެ ޤައުމުގައި އުދުހުމުގެ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ ނޭޗަރ އެއާގެ ފްލައިޓެކެވެ. އެ ކުންފުނިން ޗާޓަރު ފްލައިޓުގެ ޚިދުމަތްތައްވެސް ދެއެވެ. މި ދަތުރަކީ 2،300 ޑޮލަރަށް ޗާޓަރުކޮށްގެން ކުރި ދަތުރެކެވެ.
ކޮސްޓާރިކާގެ ކުރީގެ ރައީސް ލައުރާ ޓްވީޓް ކޮށްފައި ބުނީ މަރުވި އެއް ޕައިލެޓަކީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮއެއް ކަމަށެވެ.