އިންޑޮނޭސިއާގެ ފެރީ ބޯޓެއް ބަންޑުންޖަހާލައި 8 މީހުން މަރު- 4 މީހުން އަދިވެސް ނުފެނޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24ސ
އިންޑޮނޭސިއާގެ ފެރީ ބޯޓެއް ބަންޑުންޖަހާލައި 8 މީހުން މަރު- 4 މީހުން އަދިވެސް ނުފެނޭ
އިންޑޮނޭސިއާގެ ފެރީ ބޯޓެއް ބަންޑުންޖަހާލައި 8 މީހުން މަރުވެ ގިނަ ބައަކު ގެއްލިއްޖެއެވެ. ބޯޓުން ދަތުރުކުރި 45 މީހުންގެ ތެރެއިން 33 މީހުން މިހާރު ސަލާމަތްކުރެވިފައިވާއިރު 4 މީހުން އަދިވެސް ނުފެނެއެވެ.

ބޯޓު ބަންޑުން ޖަހައިލި ސަބަބު އަދިވެސް ނުއެނގެއެވެ. އިންޑޮނޭސިއާގައި 1700 ރަށް އޮންނައިރު ދަތުރުކުރުމަށް އެންމެ ގިނައިން ބޭނުންކުރަނީ ކުދި އުޅަނދުފަހަރެވެ.

މިދިއަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވުމުން 23 މީހުން ވަނީ މަރުވެފައެވެ.
މިއަދު އޮންލައިން