ސައުދިއަރަބިޔާގެ ކޯޓުތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ޤާނޫނީ ވަކީލު ސައުސަމް ވިދާޅުވެއްޖެއެވެ.
ސައުސަމް ވިދާޅުވީ ފަނޑިޔާރުންގެ އެހީތެރިކަން ކުރުމުގެ ފުރުޞަތު މިހާރުވެސް އަންހެނުންނަށް އޮންނަ ކަމަށެވެ. އެއަށްވުރެ މައްޗަށް ދިއުމަށް ޤާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ.
ޖަސްޓިސް މިނިސްޓްރީން މިހާރު ވަނީ ކޯޓުތަކުގައި އަންހެނުންނަށް ޚާއްޞަ ސެކްޝަންތަކެއް ހަދައި އެ ސެކްޝަންތަކުގެ މަސައްކަތްތަކަށް އަންހެން ވަކީލުން ހަމަޖައްސަން ނިންމައިފައެވެ.
މިސެކްޝަނަށް ހަމަޖައްސަން ނިންމާފައިވަނީ ޤަނޫނީ އަދި އިސްލާމީ ޝަރީޢާ އިން މާސްޓަރސް ފެންވަރުގެ ސައުދީ އަންހެނުންނެވެ.
ޖަސްޓިސް މިނިސްޓްރީން ބުނީ މިފަދަ ސެކްޝަންތަކެއް އުފައްދަނީ އަންހެނުންނާއި ގުޅުން ހުންނަ، ޚާއްޞަކޮށް ޢާއިލީ މައްސަލަތަކުގައި އަންހެނުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.