ފިލިޕިންސްގަ އާ އަހަރު ފާހަގަކުރަން އުޑަށް ބަޑިޖެހުމުގެ ހަރަކާތްތަކުގަ 200 މީހުންނަށް އަނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ފިލިޕިންސްގަ އާ އަހަރު ފާހަގަކުރަން އުޑަށް ބަޑިޖެހުމުގެ ހަރަކާތްތަކުގަ 200 މީހުންނަށް އަނިޔާވެއްޖެ
ފިލިޕިންސްގައި އައު އަހަރު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި އުޑަށް ބަޑިޖެހުން (ހަވާއެރުވުން) ހަރަކާތްތަކުގެ ތެރެއިން 200 އަށްވުރެ މީހުންނަށް އަނިޔާވެއްޖެއެވެ.

ފިލިޕިންސަކީ އައު އަހަރު ފާހަގަކުރުމަށް ބާރުގަދަ ގޮވާތަކެތި ގޮއްވާ ޤައުމެކެވެ. އެފަދަ ތަކެތި ބޭނުން ނުކުރުމަށް މިއަހަރުގެ ޖޫން މަހު ރައީސް ދުތާތެ ވަނީ ޚާއްޞަ އަމުރުފުޅެއްވެސް ނެރުއްވައިފައެވެ. އެހެންކަމާއިއެކުވެސް ބާރުގަދަ ގިނަ އަދަދެއްގެ ތަކެތި ރޭ ވަނީ ގޮއްވައިފައެވެ.

ދުތާތެ ރޭ ވިދާޅުވީ މައްސަލައަށް ހައްލެއް ގެނެވޭނީ ހަވާއެރުވުން އެކުގައި ހުއްޓާލައިގެން ކަމަށާއި އެކަމަށް ގޮތްތަކެއް ނިންމަވާނެ ކަމަށެވެ.
ހޮސްޕިޓަލްތަކުގެ ރެކޯޑް ދައްކާގޮތުން 200 އަށްވުރެ ގިނަ މީހުން ރޭ ވަނީ ފިހިފައެވެ.
މިއަދު އޮންލައިން