ފަލަސްޠީނުން އެމެރިކާއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންޓް އަނބުރާ ފަލަސްޠީނަށް ގެނައުމަށް ފަލަސްޠީނުގެ ސަރުކާރުން ނިންމައިފިއެވެ.
ފަލަސްޠނުގެ ސަރުކާރުން މިކަމުގެ އެއްވެސް ތަފްޞީލެއް ނުދެއެވެ. ބުނެފައިވަނީ މިހާރު އެމެރިކާގައި ހުންނެވި ކޮންސަލްޓަންޓް އަނބުރާ ގެންނަން ނިންމައިފި ކަމަށެވެ.
ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ޤަބޫލުކުރުމާއި ގުޅިގެން ފަލަސްޠީނުން ބުނަމުންދަނީ ފަލަސްޠީނުގެ މައްސަލައިގައި އެމެރިކާ އާއިއެކު އިތުރަށް މަޝްވަރާކުރުމެއް ނެތް ކަމަށެވެ.
އިޒްރޭލުގެ ފަރާތަށް އެމެރިކާ ލެނބި ހުސްވެފައިވާ ކަމަށާއި އެހެންކަމުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުޞަތު އެމެރިކާއަށް ގެއްލިފައިވާ ކަމަށެވެ.