2018 ވަނަ ފެށުން ވެގެންދިއައީ އިންޑިއާގެ ވެރިރަށް ދިއްލީ ހުއްޓުމަކަށް އައި ދުވަހަކަށެވެ.
ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމާއި ހަމައަށް ބަލައިފިނަމަ ދުމުގެ ފަށަލަ ބޯވުމުގެ ސަބަބުން 400 ރޭލު ދަތުރާއި 400 ފްލައިޓް މިއަދު ވަނީ ލަސްކުރަންޖެހިފައެވެ.
މީގެ އިތުރުން 8 ފްލައިޓް އިއްޔެ ކެންސަލް ކުރަންޖެހުނެވެ. މެޓް އޮފީހުން ބުނީ ފިނި މިން ހުރީ 5.7 ޑްގްރީގައި ކަމަށެވެ.
މި މައްސަލަތައް ގިނަ ދުވަސްތަކަކަށް ދިގުލައިދާއިރު ދިއްލީއަށް ކުރިމަތިވެފައިވާ ދުމުގެ މައްސަލަ ހައްލުވާން ފާށާނެ ދުވަހެއް އަދި ނުބުނެއެވެ.