ފެންވެރުން ލަސްވެގެން ބައްޕަ ރުޅިގަދަވުމުން 10 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފެންވެރުން ލަސްވެގެން ބައްޕަ ރުޅިގަދަވުމުން 10 އަހަރުގެ ކުއްޖަކު އަމިއްލައަށް މަރުވެއްޖެ
ފެންވެރުން ލަސްވެގެން ބައްޕަ ރުޅިގަދަވުމުން އުމުރުން 10 އަހަރުގެ ކުއްޖަކު އަމިއްލައަށް ދަންޖެހި މަރުވެއްޖެއެވެ.

އިންޑިއާގެ ކޮޔަމްބަތޫރުގައި ހިނގި މިހާދިސާ ހިނގަން މެދުވެރިވީ ކުދިންނާއިއެކު ކުޅެން ހުއްޓާ ބައްޕަ އެތަނަށް ގޮސް ފެންވެރުން ލަސްވެގެން އަޑުގަދަކުރުމުންނެވެ. އަޑުގަދަކުރުމުން ދަރިފުޅު ގެއަށް ގޮސް ތުވާލި ހިފައިގެން ވަނީ ފާޚާނާއަށެވެ. ނުކުތުން ލަސްވެގެން ދޮރުފަތް ވައްޓާލައިގެން ވަދެ ބެލިއިރު ހުރީ ތުވާލިން ދަންޖެހިގެން މަރުވެފައެވެ.

މިފަދަ ކަންކަމަކީ މައިން ބަފައިން އިތުރަށް ވިސްނަންޖެހޭނެ ކަންކަމެވެ. މިހެން މިވަނީ ޅަފަތުގައި ތަރުބިއްޔަތު ނުކުރެވި ތިބެ ކުދިން ބޮޑެތިވާތީއެވެ. ބޮޑެތި ވީމާ ދަނޑިމާރު އަޅައިގެން ކަންކަން ކުރުވަން އުޅުމުގެ ނަތީޖާއެވެ.

މި މައްސަލަ އާއި ވަރަށް ގުޅުންހުރި ލިޔުމެއް މިއަދުނޫހުގައި ހަމަ މިއަދު ހަވީރު ވަނީ ޝާއިއުކުރެވިފައެވެ.

ގުޅުންހުރި ލިޔުން:
މިއަދު އޮންލައިން