ވަރިވެގެން ތިބި 2 މިލއަނަށްވުރެ ގިނަ އަންހެނުން ތިބުމުން ކައިވެނި ރަޖިސްޓްރީ ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ވަރިވެގެން ތިބި 2 މިލއަނަށްވުރެ ގިނަ އަންހެނުން ތިބުމުން ކައިވެނި ރަޖިސްޓްރީ ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދީފި
ވަރިވެގެން ތިބި 2 މިލިއަނަށްވުރެ ގިނަ އަންހެނުން ތިބުމުން ޢަރަބި ބަސް ދަންނަ ބޭރު ޤައުމުތަކުގެ މީހުން ސައުދި އަރަބިޔާގައި ކުރާ ކައިވެނި ރަޖިސްޓްރީ ކުރެވޭނެ ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ޖަސްޓިސް މިނިސޓްރީން ސައުދިއަރަބިޔާގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މީހުން ސައުދީންނާއި ކުރާ ކައިވެނި މިހާރު ގޭގައިވެސް ރަޖިސްޓްރީކޮށްދެވޭނެ ކަމަށެވެ. އެކަން ކުރުމުގެ ހުއްދަ އަދި ދީފައިވަނީ ޚާއްޞަ މަޢްޒޫނުންނަށެވެ.

މިކަން ފެށުމުގައި އަރަބި ބަސް ދަންނަ މީހުން ކުރާ ކައިވެނިތަކުން ފެށި ނަމަވެސް ޢާންމުކޮށް ހުޅުވައިލެވޭނެ ކަމަށްވެސް ޖަސްޓިސް މިނިސްޓްރީން ބުނެއެވެ. މީގެ ކުރިން ބިދޭސީންނާއި ސައުދީން ކުރާ ކައިވެނި ގޭގައި ކުރި ނަމަވެސް ރަޖިސްޓްރީކުރަންޖެހެނީ ކޯޓުގައެވެ.

ސައުދިއަރަބިޔާއަކީ ރާއްޖެ ފަދައިން އެންމެ ވަރި ގިނަ ޤައުމަކަށްވެފައިވުމުން ބެލެވޭ ގޮތުން މިހާރުވެސް ކައިވެނި ރޫޅުމަށްފަހު އަލުން ކައިވެނި ނުކުރެވި 2 މިލިއަނަށްވުރެ ގިނަ އަންހެނުން ސައުދީގައި އެބަތިއްބެވެ. މިކަމުގެ ސަބަބުން އިޖުތިމާޢީ މައްސަލަތައް ކުރިމަތިވަމުން އަންނާތީ ދެއަންބަށް ކައިވެނިކުރަން ބޭނުންވާ އަންހެނުންނަށާއި އެކަނިވެރި އަންހެނަކަށް ވެފައިވާ (ވަރިވެފައިވާ) އަންހެނުންނާއި ކައިވެނިކުރާ ފިރިހެނުންނަށް ސަރުކާރުން ގެންދަނީ އިނާޔަތްތައް ދެމުންނެވެ.
މިއަދު އޮންލައިން