ބޮލީވުޑް ގެ މައްޝޫހު ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާން އިއްޔެ ހަވީރު ފިރިހެން ދަރިއަކު ވިހައިފިއެވެ.
މުމްބައި ހޮސްޕިޓަލަކުން މައުލޫމާތު ދީފައިވާ ގޮތުގައި ވިހަން ބަނޑުގައި ރިއްސާތީ އިއްޔެ ހަވީރު ސުނީދީ އެހޮސްޕިޓަލަށް ގެންދިޔައީ ކުއްލި ގޮތަކަށެވެ.
އޭނާ ވިހާފައިވަނީ ގަޑިން 17:20 ގައި ކަމަށާއި މައިމީހާއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ސުނީދީ އާއި އޭނާގެ ފިރިމީހާ، މިއުޒިކް ކޮމްޕޯޒަރ ހިތޭޝް ސޮނިކް، ކައިވެނި ކޮށްގެން އުޅޭތާ މިހާރު ފަސް އަހަރު ވެފައިވާއިރު، މިއީ އެދެމަފިރިންގެވެސް ފުރަތަމަ ދަރިފުޅެވެ.
ހިދުސްތާން ޓައިމްސް އާއި ވާހަކަ ދައްކަމުން ކުރިން ސުނީދީ ބުނެފައިވަނީ، އޭނާގެ ވަރަށް ގިނަ ރައްޓެހިން ވަނީ ވިހެއުން ތަޖުރިބާ ކޮށްފައި ކަމަށާއި އެއެންމެންނަކީ މިހާރު މައިންނަށްވުމުން، ސުނީދީ ދިޔައީ އެމީހުންނާއި އެކި ސުވާލު ކުރަމުން މައުލޫމާތު ހޯދަމުން ކަމަށެވެ.