ބަންގާޅު ޖަލުގަ އުފައްދާ ފޭރާން އެކްސްޕޯޓްކުރަން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބަންގާޅު ޖަލުގަ އުފައްދާ ފޭރާން އެކްސްޕޯޓްކުރަން ފަށަނީ
ޤައިދީން ލައްވާ މަސައްކަތްކުރުވަން ބަންގާޅު ޖަލުގައި ހަދާފައިވާ ގާމެންޓް ފެކްޓްރީއެއްގައި އުފައްދާ ފޭރާމުގެ ބާވަތްތައް އެކްސްޕޯޓްކުރަން ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.

53 މެޝިނާއިއެކު އުފައްދާފައިވާ ގާމެންޓް ފެކްޓްރީގައި ހުރިހާ މަސައްކަތްތަކެއްވެސް ކުރަނީ ޤައިދީންނެވެ.

ޤައިދީން ބުނީ މިއީ ޖަލުގައި ތިބެ އާމްދަނީ ހޯދަން ހުޅުވުނު ދޮރެއް ކަމަށާއި އާމްދަނީ ލިބޭނެ ގޮތް ހަމަޖެހުމުން އުފާކުރާ ކަމަށެވެ. މި ފެކްޓްރީގައި އުފައްދާ ތަކެތި އެކްސްޕޯޓް ކުރަން ހަމަޖެހިފައިވަނީ އެއީ ޤައިދީންގެ އުފެއްދުންތައްކަން އަންގައިދޭ ލޭބަލެއް ޖަހައިގެންނެވެ.

ޤައިދީން ލައްވައި މިފަދަ މަސައްކަތްތައް ކުރުވުމުން އުފައްދަން ކުރަންޖެހޭ ޚަރަދު ކުޑަވެ ހެޔޮ އަގުގައި ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.
މިއަދު އޮންލައިން