އާއަހަރުގެ އުފަލާ އުފަންދުވަސް އެކުގަ ފާހަގަކުރި މީހަކު ހަފްލާގެ ތެރެއިން އަމިއްލައަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އާއަހަރުގެ އުފަލާ އުފަންދުވަސް އެކުގަ ފާހަގަކުރި މީހަކު ހަފްލާގެ ތެރެއިން އަމިއްލައަށް މަރުވެއްޖެ
1 ޖަނަވަރީ 1990 ގައި އުފަންވި މީހަކު އެނާގެ 28 ވަނަ އުފަންދުވަހާއި މިއަހަރުގެ އައު އަހަރު ފާހަގަކުރަން ރަހްމަތްތެރިންނާއިއެކު ބޭއްވި ހަފްލާގެ ތެރެއިން އަމިއްލައަށް މަރުވެއްޖެއެވެ.

ދުބާއީގައި ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ހަފްލާ ބޭއްވީ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި ކަމަށެވެ. "ވަކި ހިސާބަކުން ގޮސް ކޮޓަރިއަށް ވަނީ. ނުކުތުން ލަސްވެގެން ރަހްމަތްތެރިން ގޮސް ކޮޓަރި ހުޅުވިއިރު ހުރީ އަމިއްލައަށް ދަންޖެހިފަ."

ފުލުހުން ބުނީ ތަޙްޤީޤުން މިކަމައުގައި އޭނާގެ ރަޙްމަތްތެރިންގެ އަތެއް އެއްވެސް ވަރަކަށް ނެތްކަން ސާބިތުކުރެވޭ ކަމަށެވެ. އަދި ފެނިފައިވާ ބޭސް ސިޓީތަކުން އޭނާއަށް ޑިޕްރެސަންގެ މައްސަލައެއް ކުރިމަތިވެގެން ފަރުވާ ހޯދާތާ ދުވަސްކޮޅެއް ވެއްޖެކަން އެނގޭ ކަމަށެވެ.
މިއަދު އޮންލައިން