ތާޖް މަހަލް ބަލަން ވަންނަ މީހުންގެ އަދަދު ގިނަވާތީ ދުވާލަކު 40،000 ގަ ހިފަހައްޓަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތާޖް މަހަލް ބަލަން ވަންނަ މީހުންގެ އަދަދު ގިނަވާތީ ދުވާލަކު 40،000 ގަ ހިފަހައްޓަން ނިންމައިފި
ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގެ ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ތާޖް މަހަލް ބޭނުންވެގެން ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ ކޮންޓްރޯލްކުރަން އުނދަގޫވުމުން ދުވާލަކު 40،000 ގަ ހިފަހައްޓަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމި ނަމަވެސް އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ހަމަޖެއްސުމުން މިއަދަދު އިތުރުވެގެންދާނެއެވެ. ގިނަ ބައަކު ޢާއިލާތައް އެކުގައި ޒިޔާރަތްކުރާތީއެވެ.

ތާޖް މަހަލް ބަލަން ފަތުރުވެރިކަމުގެ މޫސުމުގައި ދުވާލަކު 60،000 އާއި 70،000 އާއި ދެމެދުގެ އަދަދަކަށް ޒިޔާރަތްކުރެއެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ ކޮންމެ ޓިކެޓަކަށް 3 ގަޑިއިރުގެ ވަގުތު ދިނުމަށެވެ.

ތާޖް މަަހލް ބަަލްނ ވަންނަ ފަތުރުވެރިންގެ އަތުން ނަގަނީ 1000 ރުޕީސް އެވެ. ސާކް ޤައުމުތަކުގެ މީހުންގެ އަތުން ނަގަނީ 530 ރުޕީސް އެވެ. އިންޑިއާ މީހުންގެ އަތުން ނަގަނީ 40 ރުޕީސް އެވެ.

އެހެންކަމުން އެވްރެޖްކޮށް މީހަކު އަތުން 300 ރުޕީސް ކަމަށް ބަލައިފިނަމަ 40،000 ޓިކެޓަށް ބެލި ނަމަވެސް އެއީ ދުވާލަކު 12 މިލިއަން ރުފިޔާއެވެ. އެހެންކަމަށްވާއިރު ތާޖް މަހަލަކީ ދިރިހުރި ރަނގަޅު އާމްދަނީއެކެވެ.
މިއަދު އޮންލައިން