އީރާނުގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވަމުން އަންނައިރު މުޒާހަރާތަކުން ގިނައިން ފެންނަނީ ޒުވާނުންނެވެ. އީރާނުގެ ޒުވާނުންގެ ލޭ ދަނީ އެތައް ގުނައެއް އިތުރަށް ކެކެމުންނެވެ.
ޒުވާނުން ބުނަނީ އީރާނުގައި ބަނޑަށްޖެހިފައިވާ އެތައް ހާސް ރައްޔިތުން އެބަތިބި ކަމަށެވެ. އަސާސީ ބޭނުންތައް ނުފުއްދޭ އެތައް ސަތޭކަ މިލިއަން މީހުން އެބަތިބި ކަމަށެވެ. އެހެންކަމާއިއުވެސް ސަރުކާރުން ކޮންމެ ދުވަހަކު އެތައް މިލިއަން ޑޮލަރެއް ހޭދަކުރަނީ އަވަށްޓެރި ޤައުމުތަކުގައި ހަނގުރާކުރުވަން ކަމަށެވެ.
އީރާނުގެ މުޒާހަރާތަކާއިގުޅިގެން ގިނަ ބައަކު ހައްޔަރުކުރުމުގެ އިތުރުން ސިފައިން ހަމަލާދީ މަރަމުން ގެންދާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ގިނަ ޤައުމުތަކަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ވެސް މިހާރު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު މުޅި މެދުއިރުމައްޗަށް ފޯރާނެ ކަމަށާއި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އިރާނުގެ ޒުވާނުންނަށް ކާމިޔާބު ކުރެވިއްޖެނަމަ އަރަބި ގިނަ ޤައުމުތަކެއްގައި މިފަދަ މައްސަލަތައް ފެށިގެންދާނެ ކަމަށެވެ.