ނަވާޒް ޝަރީފުގެ ކޮރަޕްޝަން މައްސަލަތަކުގެ ޝަރީއަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ނަވާޒް ޝަރީފުގެ ކޮރަޕްޝަން މައްސަލަތަކުގެ ޝަރީއަތް ފަށައިފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ މައްޗަށް ހުށަހަޅާފައިވާ ކޮރަޕްޝަން މައްސަލަތަކުގެ ޝަރީޢަތް މިއަދު ފަށައިފިއެވެ. ނަވާޒް ޝަރީފް ކޯޓަށް ވަޑައިގަތީ ދަރިކަނބަލުން މަރްޔަމް ނަވާޒް ވެސް ގޮވައިގެންނެވެ.

އެއިގެ ކުރިން މިއަދު ހެނދުނު ވަނީ މަރްޔަމްގެ ފިރިކަލުންވެސް ކޯޓަށް ހާޒިރުކޮށްފައެވެ.

ކޯޓުން ނުކުމެވަޑައިގެން ނަވާޒް ޝަރީފް ވަނީ ކޯޓަށް ފާޑު ވިދާޅުވެފައެވެ. "ޝަރުޢީ ނިޒާމުން ވަނީ އިމްރާން ޚާނަށް ސާފު ޗިޓެއް ދީ ޞިއްދީޤަކަށް ހަދާފަ. އަހަރެންގެ މައްޗަށް އަދި އެއްވެސް ކުށެއް ސާބިތެއް ނުވޭ."

ނަވާޒް ޝަރީފް ސައުދިއަރަބިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ޤައުމަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
މިއަދު އޮންލައިން