އެމްއެމްއޭ އިން ޕޭމެންޓް ސިސްޓަމް އާއި ގުޅޭ ދިރާސާއެއް ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމްއެމްއޭ އިން ޕޭމެންޓް ސިސްޓަމް އާއި ގުޅޭ ދިރާސާއެއް ކުރަނީ
ރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތް ކުރުމާއި ފައިސާ ދެއްކުމުގެ ނިޒާމާއިބެހޭ ގޮތުން ދިރާސާއެއް ކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

"ޕޭމެންޓް ސިސްޓަމް" އާއި ގުޅޭ މިދިރާސާގެ މަޤުސަދަކީ އެކިއެކި މުޢާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ، ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް ވީހާވެސް ފަސޭހަ ނިޒާމަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހި ކުރުން ކަމުގައި އެމްއެމްއޭ އިން ބުނެފައިވެއެވެ.

މިދިރާސާގެ ފުރަތަމަ ބައި ކުރިއަށްދާނީ މިހިނގާ ޖަނަވަރީ މަހުގެ 6 އިން 11 އަށެވެ.

މިދިރާސާގައި މައުލޫމާތު ނަގާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، މަސްވެރިކަން، ތަކެތި އުފެއްދުން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތް، ވިޔަފާރި، މާލީ ޚިދުމަތް، ސިއްޙީ އަދި ތަޢުލީމީ ދާއިރާ ހިމެނެއެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި މިސަރވޭއިން ފުރަތަމަ މައުލޫމާތު އެއްކުރުމަށް އަމާޒުކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަސް މާލެ ސަރަޙައްދަށެވެ. ދިރާސާ ކުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 18:00 އާއި ދެމެދު އެމްއެމްއޭގެ ޓީމްތައް، ސަރވޭއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އެއޮތޯރިޓީ އިން ބުނެފައިވެއެވެ.

ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރާ ޤައުމީ މަސައްކަތެކެވެ.



މިއަދު އޮންލައިން