އިންޑިއާގެ އަހްމަދު އާބާދުގެ ފުލުހުން ހައްޔަރުކުރި މީހެއްގެ ނަސްލަކީ ދާލިތުކަން އެނގުމުން 15 ފުލުހުންގެ ބޫޓުގައި ދޫލަން ޖައްސައިފިއެވެ.
ޓީވީ މަރާމާތުކޮށްދިނުމުގެ މަސައްކަތްކުރާ އުމުރުން 38 އަހަރުގެ ހަރްޝާދު ޖާދޭވް ބުނީ އޭނާ ހައްޔަރުކުރީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ މަގުމަތި ބަލަހައްޓަން އުޅުނު ފުލުހެއްގެ ކިބައިން މައުލޫމާތެއް އޮޅުންފިލުވަން ސުވާލެއް ކުރުމުން ކަމަށެވެ.
"ފުރަތަމަވެސް އައީ ރުޅި. އަޅައިގެން ހުރި ބެލްޓް ނައްޓާލުމަށްފަހު ތަޅައިގަތީ. ހަޑިއެއްޗެތި ގޮވަމުން ގެންގޮސް ފުލުސް ސްޓޭޘަނަށް ވެއްދީ. ދެން ތަހްޤީޤްގައި ނަސްލާއިމެދު ސުވާލުކުރީ."
ފުލުހުންގެ ޚާއްޞަ ޑިޕާޓްމަންޓަކުން މިހާރު ގެންދަނީ މައްސަލަ ބަލަމުންނެވެ.