ޕާކިސްތާނުން ޗައިނާ އާއެކު ޔުއާނުން މުއާމަލާތުތައް ކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޕާކިސްތާނުން ޗައިނާ އާއެކު ޔުއާނުން މުއާމަލާތުތައް ކުރަން ފަށައިފި
ޗައިނާ އާއި ޕާކިސްތާނުން ކުރާ ވިޔަފާރީގެ މަޢާމަލާތްތަކުގައި ޕާކިސްތާނުން ޗައިނާގެ ޔުއާން ބޭނުންކުރަން ފަށައިފިއެވެ.

ސެންޓްރަލް އޮފް ޕާކިސްތާނުން ބުނީ ޗައިނާ އާއިއެކު ވިޔަފާރިކުރުމަށް މިހާރު ޔުއާން ބޭނުންކުރެވޭނެ ކަމަށާއި އެގޮތުން ޗައިނާ އިން މުދައު އެތެރެކުރުމަށާއި ޗައިނާއަށް މުދައު އެކްސްޕޯޓްކުރަންވެސް ޔުއާން ބޭނުންކުރެވޭނެ ކަމަށެވެ.

މިކަން ހަމަޖެހިގެން ދިއުމުން ޗައިނާއިން މުދައު އެތެރެކުރުމަށް އެލްސީ ހުޅުވުން ފަދަ ކަންކަމުގައިވެސް ޔުއާން ބޭނުންކުރެވޭނެއެވެ. އަދި އެހެނިހެން ބޭނުންތަކުގައިވެސް ޔުއާން ބޭނުންކުރެވޭނެއެވެ.

ޕާކިސްތާނަކީ މިސަރަހައްދުގައި މިގޮތަށް ޔުއާން ބޭނުންކުރަން ފެށި ފުރަތަމަ ޤައުމެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެ ޗައިނާ އާއިއެކު ކުރާ ވިޔަފާރީގެ މުޢާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
މިއަދު އޮންލައިން