ހިލަރީ ކްލިންޓަން ދިރިއުޅުއްވާ ގެކޮޅުގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24ސ
ހިލަރީ ކްލިންޓަން ދިރިއުޅުއްވާ ގެކޮޅުގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި
އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ހިލަރީ ކްލިންޓަން ދިރިއުޅުއްވާ ގެކޮޅުގަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ނިޔުޔޯކުގައި ހުންނަ އެކަމަނާގެ ގެކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ރޭ ދަންވަރު 2:30 ހައިއިރުއެވެ.

މި ހާދިސާ ހިނގިކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެފައިވަނީ ގޭގެ ނިދާކޮޓަރިއެއްގައެވެ. ރޯވި އަލިފާން ވަނީ ވަގުތުން ނިއްވާލައިފައެވެ.

އަލިފާން ނިއްވުމަށް ސިފައިން ދިއަ ނަމަވެސް އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ. ހާދިސާ ހިނގިއިރު ހިލަރީ ގޭގައި އުޅުއްވާކަމެއްވެސް އަދި ޔަޤީނެއް ނުކުރެވެއެވެ.
މިއަދު އޮންލައިން