މުމްބާއީގެ އިތުރު އިމާރާތެއްގައި އަލިފާން ރޯވެ 4 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
މުމްބާއީގެ އިތުރު އިމާރާތެއްގައި އަލިފާން ރޯވެ 4 މީހުން މަރުވެއްޖެ
އިންޑިއާގެ މުމްބާއީގެ އިތުރު އިމާރާތެއްގައި އަލިފާން ރޮވެ 4 މީހުން މަރުވެއްޖެއެވެ. ރޭ ދަންވަރު ރޯވީ މަރޯލް ސަރަހައްދުގައި ހުރި އިމާރާތެއްގައެވެ. މި ހާދިސާގައި 2 ކުޑަކުދިންވެސް ވަނީ މަރުވެފައެވެ.

މައިމޫން ބިލްޑިންގ ނަމަކަށް ކިޔާ މި އިމާރާތުގައި ދަންވަރު 1:30 ގައި ރޯވި އަލިފާން އެކުގައި ނިއްވައިލެވުނީ ފަތިހު 5 ޖެހިފަހުންނެވެ. އިތުރު 5 މީހަކު ވަނީ ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައެވެ.

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ހަބެއްގައި އަލިފާން ރޯވި ހާދިސާގައި ބާތްޑޭ ފާހަގަކުރި އަންހެނަކާއި އިތުރު 14 މީހަކު ވަނީ މަރުވެފައެވެ.
މިއަދު އޮންލައިން