އުފަންވި ތުއްތު ކުއްޖަކާމެދު އަމަލުކުރިގޮތުން ޠާއިފުގެ 3 ނަރުހުން ވަޒީފާއިން ވަކިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އުފަންވި ތުއްތު ކުއްޖަކާމެދު އަމަލުކުރިގޮތުން ޠާއިފުގެ 3 ނަރުހުން ވަޒީފާއިން ވަކިކޮށްފި
ސައުދިއަރަބިޔާގެ ޠާއިފްގެ ހޮސްޕިޓަލެއްގައި އުފަންވި ތުއްތު ކުއްޖަކާއިމެދު އަމަލުކުރި ގޮތުން ހޮސްޕިޓަލުގައި ޚިދުމަތްކުރަމުން އައި 3 ނަރުހުން ވަޒީފާއިން ވަކިކޮށް އެމީހުންގެ ހުއްދަ ވެސް ބާޠިލުކޮށްފިއެވެ.

މައްސަލަ ހޫނުވީ ކުއްޖާގެ ބޯ ނަރުހުން ގެންގުޅުނުއިރު ގެންގުޅުނީ ބުދަކާއިމެދު އަމަލުކުރާ ގޮތަށް ކަމަށްބުނެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހާމަކުރުމުންނެވެ.

މި މައްސަލަ ބުދަ ދުވަހު ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް އައުމާއިއެކު ގަޑިއެއްގެ އިރުގެ ތެރޭގައި ވަނީ ފިޔަވަޅު އަޅައިފައެވެ.

ނަރުހުން ތަމްރިނުކުރާ އިންސްޓްރަކްޓަރަކު ބުނީ ކުޑަކުދިންނަށް އަނިޔާވެރިވާ ހިސާބުން އެނގިގެން އެދަނީ އިންސާނިއްޔަތުކަން އެއްވެސް ވަރަކަށް ނެތްކަން ކަމަށެވެ. އަމިއްލަ ދިފާޢުގައި ބަހެއްވެސް ނުބުނެވޭ ތުއްތު ކުދިންނަށް ޚާއްޞަ ގޮތެއްގައި އޯގާތެރިނުވާނަމަ ނަރުސްކަމުގެ މަސައްކަތްތަކުގައި ގެންގުޅެގެން ނުވާނެ ކަމަށެވެ.

އެނާ ބުނީ ޞިއްޙީ ޚިދުމަތާއި ގުޅުވައިގެން އާންމުން ފަތުރާ ކޮންމެ ވާހަކައަކީ ތެދެއް ނޫން ކަމަށެވެ. ޚިދުމަތެއް ދިނީ ގޮސްކޮށްކަން ކަނޑައަޅަން އެނގޭނީ އެކަމަށް ތަމްރީނުލިބިގެން ކަމަށާއި އަމިއްލައަށް ގޮތް ނިންމުމަކީ ޞިއްޙީ ޚިދުމަތް ދިނުމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުމެއް ކަމަށެވެ.
މިއަދު އޮންލައިން