އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރ އަދި ބޯޑް ޑައިރެކްޓަރެއްގެ މަޤާމަށް ތަވަބާލަން ޕޫބަލަސިންހަމް އައްޔަންކޮށްފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރ އަދި ބޯޑް ޑައިރެކްޓަރެއްގެ މަޤާމަށް ތަވަބާލަން ޕޫބަލަސިންހަމް އައްޔަންކޮށްފި.
އުރީދޫ މޯލްޑިވްސް ޕީއެލްސީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ)ގެ މަޤާމަށްއ ަދި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީގެ ފަރާތުން އައްޔަން ކުރައްވާފައިވާ ބޯޑު ޑައިރެކްޓަރުގެ މަޤާމަށް މިސްޓަރ ތަވަބަލަން ޕޫބަލަސިންހަމް އައްޔަނުކޮށްފިއެވެ.

މެލޭޝިޔާގެ ރައްޔިތެއްކަމުގައިވާ ތަވަބަލަންޕޫބަލަސިންހަމްއަށް މުވާސަލާތީ ދާއިރާގައި 17 އަހަރުގެ ތަޖުރިބާ ލިބިފައިވާއިރު، އުރީދޫ މޯލްޑިވްސް އާއި ގުޅިވަޑައިގަތުމުގެ ކުރިންއެބޭފުޅާމަސައްކަތް ކޮށްފައި ވަނީ އުރީދޫ މިޔަންމަރގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައެވެ. ތަވަބާލަންޕޫބަލަސިންހަމް އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) ގެ މެންބަރެކެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމަށް ތަވަބާލަންޕޫބަލަސިންހަމް އައްޔަނުކޮށްފައިވަނީ، ކުރީގެ ސީއެފްއޯރަމަނަތަން ސިވަކުމާރް އެމަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ކުރީގެ ސީއެފްއޯ އަދި އެކްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވިއިރުރަމަނަތަން ސިވަކުމާރް ވަނީ ކުންފުނީގެކާމިޔާބީތަކާއި ކުރިއެރުމުގައި ވަރަށްމުހިއްމުދައުރެއްއަދާކޮށްފައެވެ. އަދި، ރަމަނަތަން ސިވަކުމާރް އަށް ކާމިޔާބު މުސްތަޤްބަލަކަށް އުރީދޫ މޯލްޑިވްސް އިން އެދެއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯ އަދި ބޯޑު ޑައިރެކްޓަރެއްގެ މަޤާމަށް ތަވަބާލަންޕޫބަލަސިންހަމް އައްޔަންކުރެވުމާ ގުޅިގެން ކުންފުނީގެ ފަރާތުން އޭނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. ތަވަބާލަން ޕޫބަލަސިންހަމްގެ އިރުޝާދާއި އެހީތެރިކަމާއެކު ކުންފުނި އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދާނެކަމަށް އެކުންފުނިން ޔަގީންކުރެއެވެ.

މިއަދު އޮންލައިން