އިޒްރޭލުން ފަލަސްޠީނުގެ ވެސްޓް ބޭންކުގައި އިތުރު ގެތައް އަޅަން ނިންމައި މަޝްރޫއު ފައިނަލް ކުރުމަށްޓަކައި ޚާއްޞަ ބައްދަލުވުމެއް އަންނަ ހަފްތާގައި ބާއްވަން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްލޭން އެކުލަވާލައި މަޝްރޫއުގެ ކަންކަން ކުރިއަށް ގެންދަނީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ތައްޔާރުކޮށްފައިވާ ކަރުދާސްތަކަކަށެވެ.
އިޒްރޭލުން މިކަމުގެ އިތުރު ތަފްޞީލުތައް އަދި ހާމައެއް ނުކުރެއެވެ. ބެލެވޭގޮތުން ވެސްޓް ބޭންކުގެ ބޮޑު ބައެއްގައި އިޒްރޭލުން ގެތައް އަޅައި ބިމަށް ވެރިވެގަންނާނެއެވެ.