އިޓަލީގެ ވެރިރަށް ރޯމްގައި ކުރިއަށްގެންދިއަ މައުރަޒެއްގެ ތެރެއިން އެތައް މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ވައްކަންކުރިކަމަށް ބެލެވެނީ މައުރަޒު ބަލަން ވަން ދެމީހަކު ގުޅިގެން ކަމަށާއި މީހުން ގިނަވި ވަގުތު ވައްކަންކޮށްފައިވަނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައި ކަމަށެވެ.
ގެއްލުނު ތަކެއްޗަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އިންޑިއާއިން ޤަތަރުގެ އަލްސާނީއަށް ލިބިވަޑައިގެންފައިވާ ތަކެތި ކަމަށާއި ވައްކަންކުރީީ އަލް ސާނީ ކަލެކްޝަންސްގެ ނަމުގައި ހަދާފައިހުރި ބައިން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައުރަޒަކީ އެންމެ އަގު ބޮޑު، ދުވަސްވީ ތަކެތި ދައްކައިލުމަށް ބޭއްވި މައުރަޒެކެވެ. ވަގަށް ނަގާފައިވަނީ ދެ އެއްޗެއް ކަމަށް ބެލެވެއެވެ.