ދެކުނު ކޮރެއާ އާއިއެކު މަޝްވަރާކުރަން އުތުރު ކޮރެއާ އިން އެއްބަސްވެއްޖެއެވެ. މިއީ ފާއިތުވި 2 އަހަރު ތެރޭގައި އުތުރު ކޮރެއާ އިން މިކަމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
މަޝްވަރާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ދެ ޤައުމުގެ ބޯޑަރުގައި އޮންނަ ޕަންމުންޖޮމް އަވަށުގައެވެ.
މި ބައްދަލުވުމަށް އުތުރު ކޮރެއާގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުވާނެކަމުގެ ޔަޤީންކަން މިހާރުވަނީ ދީފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަންކަމުގެތެރޭގައި ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްއަށް އުތުރު ކޮރެއާއިން ބައިވެރިން ފޮނުވުން ހިމެނެއެވެ.
މިބައްދަލުވުމާއިބެހޭގޮތުން ޖަޕާނުން ބުނެފައިވަނީ ކިތަންމެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއަ ނަމަވެސް އުތުރު ކޮރެއާ އާއިމެދު އަބަދުވެސް ތިބެންޖެހޭނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށެވެ.