ޝަރީއަތްތަކުގަ އެއް އުޞޫލަކުން އަމަލުކުރުމަށް ޚާއްޞަ ފޮތްބައެއް ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޝަރީއަތްތަކުގަ އެއް އުޞޫލަކުން އަމަލުކުރުމަށް ޚާއްޞަ ފޮތްބައެއް ނެރެފި
ސައުދިއަރަބިޔާގައި ކުރާ ޝަރީއަތްތައް އެއް އޫޞޫލަކުން ކުރުމަށްޓަކައި ޝަރީއަތް ކުރުމުގައި އަމަލުކުރަންޖެހޭ އުޞުލުތައް ބަޔާންކޮށް ޚާއްޞަ ފޮތް ބައެއް ނެރެފިއެވެ.

މި ފޮތްބައިގައި ހިމެނެނީ 8 ފޮތެވެ. އެ 8 ފޮތުގައި ވަނީ މުހިންމު 2323 ނުކތާއެއް ފާހަގަކޮށް އަމަލުކުރަންޖެހޭ އުޞުލުތައް ބަޔާންކޮށްފައެވެ.

މި ފޮތްބައި އެކުލަވާލާފައިވަނީ 1971 ވަނަ އަހަރުން 2016 ވަނަ އަހަރަށް ފާއިތުވި 47 އަހަރު ތެރޭގައި ނިންމާފައިވާ 20،000 ޝަރީއަތް ދިރާސާކޮށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށެވެ.

ޖަސްޓިސް މިނިސްޓަރު އަދި ސްޕްރީމް ޖޫޑިޝަލް ކައުންސިލުގެ ޗެއަރމަން ވާލިދް އަލް ސަމާނީ ވިދާޅުވީ މިފަދަ ފޮތް ބައެއް އޮވެ އެއިން އިލްމު ހާޞިލުކޮށް ދިރާސާކުރަމުން ގެންދިއުމުން ޝަރީއަތް ކުރުމުގައި އެއް އުޞޫލަކުން ކަންކަން ކުރަން މަގުފަހިވެގެންދާނެ ކަމަށެވެ.

ވާލިދް ވިދާޅުވީ ޝަރީތަކީ ހަމަ ކޮންމެ ފަރުދަކާއިމެދުވެސް އެއްވެސް ތަފާތުކުރުމެއް ނެތި އެއް އުޞޫލަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން ފޮތްބައިން އޮޅުން ނުފިލާ އެއްވެސް ކަމެއް އޮތްނަމަ އެކަމެއް ކުރަންޖެހޭނީ ކުރިއާލައި އޮޅުންފިލުވައިގެން ކަމަށެވެ.
މިއަދު އޮންލައިން