އެމެރިކާއިން މުސްލިމުންގެ ބޮލަށް ބޮން އަޅަނީ- ﷲ ގެ "ބޮން ޠޫފާން" އެމެރިކާއަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެމެރިކާއިން މުސްލިމުންގެ ބޮލަށް ބޮން އަޅަނީ- ﷲ ގެ "ބޮން ޠޫފާން" އެމެރިކާއަށް އަރައިފި
އެމެރިކާއިން މުސްލިމުންގެ ބޮލަށް ބޮން އަލަމުން ދަނިކޮށް "ބޮން ޠޫފާން" އެމެރިކާއަށް އަރައިފިއެވެ. ޠޫފާނުގެ ބާރުވެސް އަދި ދަނީ ގަދަވަމުންނެވެ. މި ޠުފާނުގެ އަސަރު ބޮޑު ސަރަހައްދަކަށް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ބޮމް ސައިކްލޯން" ކުއްލި ކުއްލިއަށްވެސް އުފެދޭތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ކުއްލި ޙާލަތަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ ސިފައިން މިހާރުވެސް ވަނީ މަގުތަކަސް ނެރެފައެވެ. ނިޔުޔޯކުގެ 2 އެއާޕޯޓެއް ވަނީ ހުއްޓުމަކަށް ގެންނަން ޖެހިފައެވެ.

ބައެއް ސަރަހައްދުތަކަށް 18 ސެންޓިމީޓަރުގެ ބޯމިނުގައި ސްނޯ ދަނީ ފައިބަމުންނެވެ. 5 ސްޓޭޓެއްގައި މިހާރުވެސް ވަނީ ކުރިއާލައި ކުއްލި ޙާލަތު އިއުލާނުކޮށްފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕުގެ ވެރިކަން ފެށުނުފަހުން މުސްލިމުންނަށް ކުރާ ގޯނާތައް އެމެރިކާއިން ވަނީ އިތުރުކޮށްފައެވެ. ހަމައެއާއިއެކު އެމެރިކާއަށް އަރަމުންދާ ޠޫފާންތައްވެސް ދަނީ ބާރުގަދަވަމުންނެވެ. އިތުރުވެސް ވަމުންނެވެ. މި އިން އެއްވެސް ކަމަކަށް ވިސްނައިލުމެއް ނެތި ޓްރަމްޕު ވަނީ ދާދިފަހުންވެސް ޠޫފާންތަކަށް ގޮންޖަހައި ވާހަކަ ދައްކައިފައެވެ. "ނިކަން އަރާބަލަ. މަމިހިރީ ތައްޔާރަށް" ފަދަ ބަސްތައް ޓްރަމްޕް ވަނީ ބުނެފައެވެ.
މިއަދު އޮންލައިން