ސައުދިއަރަބިޔާގެ ނަޖްރަން އަވަށުގެ ބައިބޯ ސަރަހައްދަކަށް އަމާޒުކޮށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ފޮނުވައިލި ބެލިސްޓިކް މިސައިލެއް އަމާޒަށް ވާސިލުވުމުގެ ކުރިން ސައުދީ ސިފައިން ހަމަލަދީ ވައްޓާލައިފިއެވެ.
މިސައިލް ވައްޓާލުމުގެ ސަބަބުން ޢާންމުންގެ މީހެއްގެ ތަންތަނަށް ވަނީ ގެއްލުންވެފައެވެ. އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ޢަރަބް ކޯލިޝަނުގެ ތަރުޖަމާނު ކާނަލް ތުރުކީ ވިދާޅުވީ މި ހަމަލާއިންވެސް އެނެގެނީ އަދިވެސް އީރާނުން ބޭނުންވަނީ ހޫތީ ހަނގުރާމަވެރިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ސަރަހައްދުގެ ޤައުމުތަކަށް ބޮޑެތި ގެއްލުންތައް ދިނުމަށް ކަމަށެވެ.