މިޞުރުގައި ފަތުރުވެރިންގެ 20 މީހުން ގޮވައިގެން ފިރުއައުނުގެ "ގަނޑުވަރު" ތައް ދައްކަން އުދުއްސި ހޮޓް އެއާ ބެލޫނެއް ވެއްޓި ފަތުރުވެރިއަކު މަރުވެ 7 ފަތުރުވެރިންނަށް އަނިޔާވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ އަކީ މޫސުން ގޯސް ދުވަހެކެވެ. އިއްޔެ ހަމަ އެވަގުތު އެ ސަރަހައްދުގައި ވަނީ އިތުރު ބެލޫންތަކެއްވެސް އުދުއްސައިފައެވެ. ނަމަވެސް އިތުރު ބެލޫނަކަށް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ.
މިޞުރުގައި 2013 ވަނަ އަހަރު އުދުއްސި ހޮޓް އެއާ ބެލޫނެއްގައި އަލިފާން ރޯވެ އުއްދަނޑިދަނޑެއްގެ މައްޗަށް ވެއްތުނު ހާދިސާއެއްގައި 19 މީހަކު ވަނީ މަރުވެފައެވެ. 2016 ވަނަ އަހަރު ބެލޫނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ޗައިނާގެ 22 ފަތުރުވެރިން މަރުވުމާއި ގުޅިގެން ބެލޫން އުދުއްސުން އޮތީ ވަގުތީގޮތުނަ މަޑުޖައްސާލައިފައެވެ.