64 އަހަރުގެ ޢަބްދުއްސަލާމް އެނާގެ އެންމެ ހަގު ދަރިފުޅާ އެއް ގްރޭޑެއްގަ ސްކޫލުގަ ކިޔަވަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
64 އަހަރުގެ ޢަބްދުއްސަލާމް އެނާގެ އެންމެ ހަގު ދަރިފުޅާ އެއް ގްރޭޑެއްގަ ސްކޫލުގަ ކިޔަވަން ފަށައިފި
ސައުދި އަރަބިޔާގެ ރައްޔިތެއް ކަމަށްވާ އުމުރުން 64 އަހަރުގެ ޢަބްދުއްސަލާމް، ސްކޫލުގެ 9 ވަނަ ގްރޭޑްގައި ކިޔަވާ އެނާގެ އެންމެ ހަގުދަރިފުޅާއި އެއް ގްރޭޑެއްގައި ކިޔަވަން ފަށައިފިއެވެ.

އެނާ ބުނީ އޭނާ މަސައްކަތްކުރި އަރާމްކޯ އިން މީގެ 4 އަހަރު ދުވަސް ކުރިން ކެނޑުނީ ކިޔެވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ ޑިގްރީއެއް ޙާޞިލުކޮށްގެން މީޑިއާގައި މަސައްކަތްކުރަން ކަމަށެވެ.

އޭނާ ބުނީ އޭނާގެ ބައެއް ދަރިން އެމެރިކާގައި އެބަ ތިބި ކަމަށާއި ކިޔަވަން އެމެރިކާއަށް ދިއުމުގެ ފުރުޞަތު އެކުދިން ދިން ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ އެންމެ ހަގަށް ހުރި އަންހެން ދަރިފުޅާއި އެއް ގްރޭޑެއްގައި ސައުދިއަރަބިޔާގައި ކިޔަވަން ކަމަށެވެ.



ޢަބްދުއްސަލާމަކީ 8 ދަރިންގެ ބައްޕައެވެ. ބުރަ މަސައްކަތްކޮށްގެން ދަރިން ބޮޑުކުރި މީހެކެވެ. މިހާރު އޭނާގެ ބޮޑެތި ދަރިން ތިބީ ރަނގަޅު ވަޒީފާތަކުގައެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އުމުރުން 64 ގައި ސްކޫލަކަށް ގޮސް ޑެސްކެއްގައި އިނދެ ކިޔެވުމުގެ ހިތްވަރު ޢަބްދުއްސަލާމް ހޯދިކަން އެއީ އޭނާ ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ޢަބްދުއްސަލާމްގެ ވިސްނުމާއި ދެކޮޅު ބައެއް މީހުން ބުނަނީ މިއީ ސްކޫލަކަށް ގޮސް ކިޔެވުމަށް ވަގުތު ހޭދަކުރުމަށްވުރެ ދީނީ ކަންކަމުގައި އުޅުން މާ ރަނގަޅު އުމުރެއް ކަމަށެވެ. އަދި މީޑިއާގައި މަސައްކަތްކުރުމުގެ ޚިޔާލު ގެންގުޅުމަށްވުރެ އެ ފުރުޞަތު ޒުވާނަކަށް ދޫކޮށްލާފައި އަރާމްކޯ އިން ލިބޭ ޕެންޝަނުން ދިރިއުޅުން މާރަނގަޅުވާނެ ކަމަށްވެސް ބައެއް މީހުން ބުނެއެވެ.
މިއަދު އޮންލައިން