ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ފަސޭހަވާނެ ބިލަކަށް އިޒްރޭލުގެ ޕާލަމެންޓުގައި މަޝްވަރާކުރަން ފަށައިފިއެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިއަ މަޝްވަރާތަކާއި ގުޅިގެން މީޑިއާތަކުން ބުނަނީ ޓެރަރިޒަމާއި ދެކޮޅަށް ކަމަށްބުނެ ފާސްކުރަން އިޒްރޭލުން މިއުޅޭ ބިލް ފާސްކުރުމުގެ ބޭނުމަކީ ވީހައި ފަސޭހައިން މަރުގެ އަދު ދޭން ޙުކުމްކުރަން އިޒްރޭލުގެ ކޯޓުތަކަށް ފަސޭހަކުރުން ކަމަށެވެ.
މިބިލް ކުރިއަށް ގެންދަނީ ބޮޑުވަޒީރު ނަތަޔާންހޫގެ ހުށަހެޅުމަކަށެވެ. އެހެންކަމުން ބިލު ނަތަޔާންހޫ ބޭނުންވާ ގޮތަށް ފާސްކުރަން އެއްވެސް ހުރަހެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ.
ބިލުން ދައްކާ މަންޒަރު ވަރަށް ރީއްޗެވެ. ބުނެފައިވަނީ މިފަދަ ބިލެއް ފާސްކުރަނީ އިޒްރޭލުގެ ހަރުކަށި މީހުން ޓެރަރިސްޓް އަމަލުތައް ހިންގަތީ ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ ފަލަސްޠީނުގެ ޒުވާނުންނަށް މަރުގެ އަދަބު ދޭން ފަސޭހަކުރުމެވެ.