ޓެކްސީއެއްގެ ތެރެއިން 7 މީހެއްގެ ބޯ ފެނިއްޖެ
މެކްސިކޯގެ ޓެކްސީއެއްގެ ތެރެއިން ހަސިގަނޑާ ވަކިކޮށްފައިވާ 7 މީހެއްގެ ބޯ ފެނިއްޖެއެވެ. ފުލުހުން ބުނީ އެ ކާރުގައި ޑްރަގު ލީދަރެއްގެ އިތުރު އިންޒާރުގެ ލިޔުމެއް ވެސް އޮތް ކަމަށެވެ.
މި ބޯތައް ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ލަކޮޓަލަލްޕަން ސަރަހައްދުންނެވެ. އެ ސަރަހައްދުގައި އޮންނަ ތެޔޮޮހޮޅިއަކުން ތެޔޮ ވަގަށްނަގަން ބޭނުންވާތީ ސަރަހައްދުގެ ކޮންޓްރޯލް އަތުލުމަށްޓަކައި އެންމެ ބާރުގަދަ ދެ ޑްރަގް ޑީލަރުންގެ މަދުގައި ހަމަލާބަދަލުކުރުންތަކެއް ވަނީ ފެށިފައެވެ.
ސަރުކާރުގެ ތެޔޮ ކުންފުނިން ބުނީ 2010 ވަނަ އަަހަރުން ފެށިގެން މިހައިތަނަށް އެ ސަރަހައްދުން 2.4 ބިލިއަން ޑޮލަރުގެ ތެޔޮ ވަގަށްނަގާފައިވާ ކަމަށެވެ.
މެކްސިކޯގައި ޤނޫނޫ ވެރިކަމެއް ހިންގި ނަމަވެސް ހުރިހާ ބާރުތަކެއް އޮންނަނީ ޑްރަގް ޖަމާއަަތްތަކުގައެވެ.