ވެޓް ޓެކްސްގެ ސަަބަބުން އަގުތައް އުފުލޭތީ ސަލްމާން ރަސްގެފާނު ޚާއްޞަ އިނާޔަތްތަކެއް އިއުލާންނުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ވެޓް ޓެކްސްގެ ސަަބަބުން އަގުތައް އުފުލޭތީ ސަލްމާން ރަސްގެފާނު ޚާއްޞަ އިނާޔަތްތަކެއް އިއުލާންނުކުރައްވައިފި

ސައުދިއަރަބިޔާގައި ވެޓް ޓެކްސް ނަގަން ފެށުމުން މުދަލާއި ޚިދުމަތުގެ އަގުތައް އުފެލެމުން އަންނާތީ ރައްޔިތުންނަށް ލުއި ދެއްވުމުގެ ގޮތުން ސަލްމާން ރަސްގެފާނު ޚާއްޞަ އިނާޔަތްތަކެއް ދެއްވައިފިއެވެ.

އެގޮތުން ޕެންޝަނަރުންނަށާއި ދައުލަތުގެ އެހީ ލިބޭ މީހުންނަށް މިހާރު ލިބޭ އިނާޔަތުގެ އިތުރުން މަހަކު 500 ރިޔާލަ މިއަހަރުގެ ނިޔަލަށް ދެއްވާނެއެވެ. ސަރުކާރުގެ މުވައްޒިފުންނަށާއި ސިފައިންނަށް މަހަކު 1000 ރިޔާލަ އިތުރަށް ދެއްވާނެއެވެ. ދެކުނު ބޯޑަރުގައި ހަނގުރާމަކުރާ ސިފައިންނަށް މުޅި އަހަރަށް އިނާޔަތެއްގެ ގޮތުގައި 5000 ރިޔާލަ ކޮންމެ މީހަކަށް ދެއްވާނެއެވެ.

ގެދޮރު ބޭނުންވާ މީހުންގެތެރެއިން 850،000 ރިޔާލަ އަށްވުރެ ދަށުން ޚަރަދުކޮށްގެން ފުރަތަމަ ފަހަރަށް ގެއެއް ގަންނަނަމަ އެ ވިޔަފާރީގެ ވެޓް ޓެކްސް ދައްކައިދޭނީ ސަރުކާރުންނެވެ. މީގެ އިތުރުން ރަސްގެފާނުގެ ސްކޯލާޝިޕްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އިނާޔަތެއްގެ ގޮތުން 10 އިންސައްތަ އިތުރުކޮށްދެއްވާނެއެވެ.
ސައުދިއަރަބިޔާ އާއި ޔޫއޭއީގައި ވެޓް ޓެކްސް ނަގަން ފެށުމުން މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ އުފުލިފައެވެ.
މިއަދު އޮންލައިން