މާޅޮސްގެ އާރިފު ޓީސީއަށް

ކިޔުމަށް ހޭދަވާނީ 1މ 2ސ
މާޅޮސްގެ އާރިފު ޓީސީއަށް
ނިމިދިޔަ ސީޒަންގައި އއ.މާޅޮސްއަށް ކުޅެދިން އަހުމަދު އާރިފު، މި ފެށޭ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބްއަށް ކުޅުމަށް އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ނިމިދިޔަ ސީޒަންގައި މިނިވަން ޗެމްޕިއަންޝިޕްގައާއި ދިވެހި ޕްރެމިއާ ލީގުގައި ވެސް އާރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެ ގޮތުން، ލީގުގައި ތިން ލަނޑު ޖެހިއިރު، ވަރުގަދަ ނިއު ރޭޑިއެންޓް ކޮޅަށް އާރީ ޖެހި ލަނޑު ވަނީ އެންމެ ރީތި ލަނޑަށް ވާދަކޮށްފައެވެ.

ޓީސީއިން އަންނަ ސީޒަނަށް ތައްޔާރުވުމަށްޓަކައި ނިމިދިޔަ ސީޒަންގައި ށ.މިލަންދޫ ޓީމަށް ކުޅެދިން އިޝާން އިބްރާހިމް (ސައްޓު) ގެނެސްފައިވާއިރު، ނިމިދިޔަ ސީޒަންގައި ޓީސީއަށް ކުޅުނު ނާއިޒު ހަސަން (ދާދު) ވަނީ ޓީސީ ދޫކޮށް މާޒިޔާއަށް ސޮއިކޮށްފައެވެ.

މި ފެށޭ ސީޒަންގައި ޓީސީ އެންމެ ފުރަތަމަ ކުޅެން ޖެހޭނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައެވެ. މި ބުރުގައި ޓީސީ ކުރިމަތިލާން ޖެހޭނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބްއާއެވެ. މި ބުރުގެ ފުރަތަމަ ލެގު މެޗު އޮތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ދެވަނަ ލެގު މެޗު އޮތީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން