މަޝްހޫރު ފިލްމީތަރި ސަލްމާން ޚާން މަރާނެކަމުގެ އިންޒާރު ދީފިއެވެ. އޭނާ މަރާނެކަމުގެ އިންޒާރު ދިނީ މީހުން މެރުމާއި ފޭރުމުގެ ބޮޑެތި މައްސަލަތައް ކަމަށް ބެލެވޭ 20 މައްސަލައެއްގައި މިހާރުވެސް ބަންދުގައި ހުރި މަޝްހޫރު ގޭންގްސްޓާރ ލޯރެންސް ބިޒޯއި އެވެ.
އޭނާ ޖޮދްޕޫރުގެ ކޯޓަށް ހާޒިރުކުރުމުން ބުނީ އޭނާއަކީ އެއްވެސް ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އޭނާގެ މައްޗަށް ހެކިދޭނެ މީހަކުވެސް ނުވާ ކަމަށެވެ.
"ފުލުހުން ބޭނުންވެގެން އެއުޅެނީ އަހަރެން ލައްވައި ކުށެއް ކުރުވަން. އެހެންވީމާ އަހަރެން ދެން ކުރާނެ ކަމަކީ ސަލްމާން ޚާން މަރައިލުން."
ގިނަ ބައަކު ބުނަނީ މިއީ މީޑިއާގެ ސަމާލުކަން ހޯދަން ދެއްކި ވާހަކައަކަށް ވެދާނެ ކަމަށެވެ.
ސަލްމާން ޚާން އާއި އޭނާގެ ކޯ އެކްޓަރުންނަށް 1998 ވަނަ އަހަރު ކުރިމަތިވެފައިވާ ބްލަކް ބަކް މައްސަލައިގައި ގޭންގްސްޓާގެ ބައެއް އޮތުމުން އެ މައްސަލައިގައި ވަނީ އިތުރު މައްސަލަތަކެއް އުފެދިފައެވެ.