ފްލައިޓުގައި އަނބިމާހާ އާއި ޖެހިގެން އިނދެ އަންހެނަކަށް ޖިންސީގޯނާކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ 3 ވަނަ ދުވަހު ސްޕިރިޓް އެއާލައިންސްގެ ފްލައިޓެއްގައި ލަސްވެގާސް އިން ޑެޓްރޮއިޓަށް ކުރި ދަތަރުުގައި ޕްރަބޫ ރާމަމުރުތީ ކިޔާ އިންޑިއާ މީހާ އިނީ ދެ އަންހެނުންގެ މެދުގައެވެ.
އަނިޔާ ލިބުނު 22 އަހަރުގެ ކުއްޖާ ބުނީ ނިދިފައި ހޭލެވުނު ކަމަކުދާކަށް ނެތް ކަމަށާއި މޫރުތީގެ އަތް އޮތީ އޮންނާނެ ތަނެއްގައި ކަމަށެވެ. ޖަނގިޔާވެސް އޮތީ ބޭލިފައި ކަމަށެވެ.
އަންހެން ކުއްޖާގެ އެދުމަށް އޭނާއަށް އެހީތެރިވާން ސްޓްވާޑޫން އައިއިރު އަންހެން ކުއްޖާ ލައިގެން އިން ގަމީހާއި ހަރުވާޅުގެ ގޮށްތައް ހުރީ ނެއްޓިފައިކަމަށާއި އޭނާ އެކަމާއި ދެރަވެ ރުއި ކަމަށް 2 ސްޓްވާޑުން ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.
މުރުތީ ބުނީ އޭނާ އިނީ ބޭސް ގުޅައެއް ކައިގެން ނިދާފައި ކަމަށާއި ނިދީގައި ކުރެވުނު ކަމެއް އޭނާއަށް ނުއެނގޭ ކަމަށެވެ. އަނބިމީހާ ވެސް ބަޔާން ދީފައިވަނީ ފިރިމިހާގެ ދިފާޢުގައެވެ. ފުލުހުން ބުނީ މޫރުތީ 3 ފަހަރު ބަޔާން ދިނީ 3 ގޮތަށް ކަމަށާއި އަނބިމީހާގެ ބަޔާނާއިވެސް ދިމާނުވާ ކަމަށެވެ.