ޢީސާގެފާނު އުފަންވެވަޑައިގެންނެވި ތަން ކަމަށް ބުނާ ކްރިސްޓިއަނުންގެ އެންމެ ބޮޑު ފައްޅި، ބިމާއިއެކު ޔަހޫދީންނަށް ވިއްކައިލި ގްރީކް އޯތޮޑޮކްސް ބޮޑުންނާއި ފަލަސްޠީނުގެ ރައްޔިތުންގެ ބައަކު ކުރިމަތިލައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ބައަކު އެމީހުންނާއި ކުރިމަތިލީ އީސާގެފާނުގެ އުފަން ދުވަސްކަމަށް އެމީހުން ބުނާ ދުވަހު، މިއަދު އެކަން ފާހަގަކުރަން ފައްޅިއަށްދާން އުޅުމުން ބެތްލަހެމްގައެވެ.
ފައްޅި ހުރި ބިމަކީ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް ހީލަތްތެރި ރޭވުމަކުން ވަނީ ޔަހުދީންނަށް ވިއްކާލާފައެވެ.
ފަލަސްޠީނުގެ ރައްޔިތުން ވަނީ ބޮޑުންނާއި ކުރިމަތިލުމަށްޓަކައި މަގުބަންދުކުރަން ބަހައްޓާފައި ހުރި ވަގުތީ ކަށިނަރުތައް ހުރަސްކޮށް ގޮސް އެމީހުންނާއި ކުރިމަތިލައިފައެވެ.