ފެނާ ކަރަންޓް ބިލަށް ފައިސާ ހޯދަން ގަނޑުވަރުގަ މުޒާހަރާކުރި ސައުދީ 11 ޕްރިންސަސް ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ފެނާ ކަރަންޓް ބިލަށް ފައިސާ ހޯދަން ގަނޑުވަރުގަ މުޒާހަރާކުރި ސައުދީ 11 ޕްރިންސަސް ހައްޔަރުކޮށްފި
ސައުދީ ސަރުކާރުން ޝާހީ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކުޑަކުރުމާއި ގުޅިގެން ރިޔާޛްގައި ހުންނަ ރަސްމީ ގަނޑުވަރުގައި މުޒާހަރާކުރި 11 ޕްރިންސަސް ހައްޔަރުކޮށްފިއެވެ. އެބޭފުޅުން އެދިވަޑައިގަންނަވަމުން ގެންދެވީ ފެނާއި ކަރަންޓް ބިލް ގަނޑުވަރުން ދައްކައި ދިނުމަށެވެ.

މިބޭފުޅުން ވަނީ ދާދިފަހުން މަރުގެ އަދަބު ދިން އެބޭފުޅުންގެ ޢާއިލީ ޕްރިންސެއްގެ މަރުގެ ބަދަލު ދިނުމަށްވެސް އެދިވަޑައިގެންފައެވެ. ޚާއްޞަ އަމުރެއްގެދަށުން ރޯޔަލް ގާޑުން އެބޭފުޅުން ހައްޔަރުކުރީ ގަނޑުވަރުން ނުކުމެވަޑައިގަތުމަށް އަމުރުކުރުމުން ނުކުމެވަޑައިނުގަތުމުންނެވެ.

11 ބޭފުޅުން މިހާރު ވަނީ މައްސަލަ ތަޙްޤީޤްކުރުމަށްޓަކައި ހައިއަރ ޖަލުގައި ބަންދުކޮށްފައެވެ. ގަނޑުވަރުން ބުނެފައިވަނީ ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެ ކަމަށެވެ.
މިއަދު އޮންލައިން