ޔަހޫދީންނަށް ބޭނުންވާ އިންސާނީ ގުނަވަނުގެ ވަގުވިޔަފާރިކުރާ ބޮޑު މީހާ ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޔަހޫދީންނަށް ބޭނުންވާ އިންސާނީ ގުނަވަނުގެ ވަގުވިޔަފާރިކުރާ ބޮޑު މީހާ ހައްޔަރުކޮށްފި
ޔަހޫދީންނަށް ބޭނުންވާ އިންސާނުންގެ ގުނަވަންތައް ވަގަށް ނަގައި ސަޕްލައިކޮށްދެމުންދިއަ ވަގު ވިޔަފާރީގެ ވިޔުގައިގެ އެންމެ ބޮޑަކަށް ހުރި މިހާ ހައްޔަރުކޮށްފިއެވެ.

މޯޝޭ ހެރެލް ނަމަކަށް ކިޔާ މިމީހާ ހައްޔަރުކުރީ ސައިޕްރަސްގައި ހުއްޓާ ބައިނަލްއަޤްވާމީ ވޮރަންޓެއްގެދަށުން ކޮސޯވޯގެ ފުލުހުންނެވެ. ޕްރިސްޓީނާގައި އޭނާ ހިންގަމުން ދިއަ ވަގު ވިޔަފާރީގެ މައްސަލަ ފެންމަތިވީ 2008 ވަނަ އަހަރުއެވެ.

އިރުމަތީ ޔޫރަޕާއި ސެންޓްރަލް އޭސިއާގެ ޤައުމުތަކުގެ ފަޤީރުން މަޅީގައި ޖައްސުވަމުން ގެންދިއައީ ކޮންމެ ގުނަވަނަކަށް 15،000 ޔޫރޯ ދޭނެކަމަށް ބުނަމުންނެވެ. ގުނަވަން ނެގުމަށްފަހު ޔަހޫދީންނަށް ވިއްކަމުން ދިއައީ 100،000 ޑޮލަރަށްވުރެވެސް ބޮޑު އަގުގައެވެ.

މި ރެކެޓް ފަޅާއެރީ ކިޑްނީ ނަގާފައިވާ ތުރުކީ މީހަކު ހޭނެތިގެން ޕްރެސްޓީނާ އެއާޕޯޓަށް ވެއްޓުމުންނެވެ. މިކަމުގައި ބައިވެރިވި ޑޮކްޓަރުންނަށް ވަނީ 15 އަަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.
މިއަދު އޮންލައިން