އެކްސިޑެންޓެއްގަ އިންޑިއާގެ 4 ބަރު އުފުލުންތެރިން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އެކްސިޑެންޓެއްގަ އިންޑިއާގެ 4 ބަރު އުފުލުންތެރިން މަރުވެއްޖެ

ބަރު އުފުލުމުގެ މުބާރާތްތަކުގައި ބައިވެރިވެ ވާދަކުރަމުން ގެންދާ މަޝްހޫރު 4 ބަރު އުފުލުންތެރިން ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ރޭ ފަތިހު ހިނގި މި އެކްސިޑެންޓުގައި ކާރުގައި ތިބި އިތުރު 2 މަޝްހޫރު ބަރު އުފުލުންތެރިއަކަށްވަނީ އަނިޔާވެފައެވެ. އެއިގެތެރޭގައި މިދިއަ އަަހަރު މޮސްކޯގައި ބޭއްވި ދުނިޔޭގެ މުބާރާތުގައި އިންޑިއާއަށް 1 ވަނަ ހޯދައިދިން ޗެމްޕިއަން ވެސް ހިމެނެއެވެ.

މި އެކްސިޑެންޓް ހިނގަން މަދުވެރިވީ 6 މީހުން ދަތުރުކުރި ކާރު ގަހެއްގައި ޖެހި ކައްސާލައިގެން ގޮސް މަގު ދެފަޅުކުރަން ހަދާފައިހުރި ތަނެއްގައި ޖެހިގެންނެވެ.
ކާރު ދުއްވަމުންދިއަ ބާރުކަމުން އެކްސިޑެންތާއި ގުޅިގެން ކާރު އެތައް ފަހަރަކު ރޯލުކޮށްފައިވާތީ ކާރުގެ މަތީބައި ވަނީ ނެއްޓިފައި ކަމަށް ފުލުހުން ބުނެއެވެ.
މިއަދު އޮންލައިން