ޕާކިސްތާނުގަ ޓެރަރިސްޓް ޖަމާއަތްތައް އުފެއްދި އެމެރިކާއިން އެ ޖަމާއަތްތައް ނައްތާލުމަށް ޗައިނާގެ އެހީތެރިކަމަށް އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޕާކިސްތާނުގަ ޓެރަރިސްޓް ޖަމާއަތްތައް އުފެއްދި އެމެރިކާއިން އެ ޖަމާއަތްތައް ނައްތާލުމަށް ޗައިނާގެ އެހީތެރިކަމަށް އެދިއްޖެ

ޕާކިސްތާނުގައި ޓެރަރިސްޓް ޖަމާއަތްތައް އުފެއްދި އެމެރިކާއިން އެ ޖަމާއަތްތައް ނައްތާލުމަށް ޗައިނާގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެމެރިކާއިން ބުނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ނައްތައިލުމަށް ޗައިނާ އާއި ސަރަހައްދުގެ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޤައުމުތަކާއިއެކު މަޝްވަރާކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތައް ދެކެ އެމެރިކާ ވަރަށް ބޮޑަށް ބިރުގަނެއެވެ. ޖެހިލުންވެސް ވެއެވެ. އެއީ އެޖަމާއަތްތަކުގެ ޤާބިލުކަން އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭތީ ކަމަށް ބެލެވެއެވެ.

ޕާކިސްތާނުގައި އަދި އަފްޣާނިސްތާނުގައިވެސް ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަކީ އަފްޣާނިސްތާނުގައި ރަސިއާ އާއި ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާއަށް ވާގިވެރިވުމަށް އެމެރިކާއިން އުފެއްދި ޖަމާއަތްތަކެކެވެ. އެހެންކަމުން އެ ޖަމާއަތްތަކުގެ ޤާބިލުކަން އެންމެ ރަނގަޅަށް އެނގޭނީވެސް އެމެރިކާއަށެވެ.

އެމެރިކާއިން މިއަދު އެ ޖަމާއަތްތައް ދެކެ ބިރުގަންނަނީ އެމެރިކާއަށް ނުވަތަ އެމެރިކާގައި ދީފާނެ ހަަލާތަކަށް އޮތް ބިރު ބޮޑުކަމުން ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން