އިރާންގެ ސަރުކާރާ ދެކޮޅު މުޒާހާރާތަކާ ގުޅިގެން ކުރީގެ ރައީސް އަހުމަދިނީޖާދު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
އިރާންގެ ސަރުކާރާ ދެކޮޅު މުޒާހާރާތަކާ ގުޅިގެން ކުރީގެ ރައީސް އަހުމަދިނީޖާދު ހައްޔަރުކޮށްފި


އިރާންގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ކުރީގެ ރައީސް މުހައްމަދު އަހުމަދިނިޖާދު ހައްޔަރުކޮށްފިއެެވެ.

އިރާންގެ ޚަބަރު ފަތުރާ ނޫސްތަކުން ބުނެފައިވާ ގޮތުން، އަހުމަދިނީޖާދު ހައްޔަރުކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިންކަމަށެވެ. އޭނާގެ މައްޗަށް އިރާންގެ ސަރުކާރުން ތަހުމަތުކޮށްފައިވަނީ އެ ޤައުމުގެ އާންމު މަސްލަހަތު ނަގައިލުމަށް އޭނާ މަސައްކަތްކުރާއްވާފައިވާކަމަށެވެ.

ސަރުކާރާ ދެކޮޅު އެއްވުމުގައި އަހުމަދިނީޖާދު ވިދާޅުވީ އިރާންއަށް ކުރިމަތިވެގެންއުޅޭ އިޤްތިޞާދީ އަދި އިޖުތިމާއީ މައްސަލަތަކަކީ ޤައުމުގެ ވަސީލަތްތައް މަދުވެގެން ކުރިމަތިވެގެން އުޅޭ މައްސަލަތަކެއް ނޫންކަމަށާއި އެއީ އިރާންގެ މިހާރުގެ ސަރުކާރުގެ ހިންގުންތެރިކަމެއް ނެތުމުން ކުރިމަތިވާ މައްސަލަތަކެއް ކަމަށެވެ.

ސަރުކާރާ ދެކޮޅަށް އިރާންގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހުންެނެވި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ވެސް ހިމެނެއެވެ. މި މުޒާހަރާތަކުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި 20 އަށްވުރެ ގިނަ މީހުން މަރުވެފައި ވެސްވެއެވެ.
އަހުމަދިނީޖާދު އިރާންގެ ރައީސްކަންކުރައްވާފައިވަނީ 2009 ވަނަ އަހަރުން 2013 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރުގައި އެ ޤައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އަހުމަދިނީޖާދު ވަނީ ވިދާލޅުވެފައެވެ. އިރާންގެ ރައީސްކަމުގައި މިހާރު ހުންނެވީ ހަސަން ރޫހާނީއެވެ.

މިއަދު އޮންލައިން