ދުބާއީގަ ފްލެޓްތަކުގެ ކުލި މިއަހަރުވެސް 12 އިންސައްތަ ދަށަށް ދާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދުބާއީގަ ފްލެޓްތަކުގެ ކުލި މިއަހަރުވެސް 12 އިންސައްތަ ދަށަށް ދާނެ
ދުބާއީގައި މިއަހަރުވެސް ފްލެޓްތަކުގެ ކުލި އިތުރު 12 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކޮށްފިއެވެ. މިދިއަ އަަހަރުވެސް ދުބާއީގައި ކުލިތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މިއަހަރު އިތުރު 20،000 ފްލެޓް ނިމި ކުއްޔަށް ދޫކުރާނެކަމަށް ބެލެވޭއިރު އިންވެސްޓަރުންނަށް މިހާރުވެސް އެއްވެސް ފައިދާ އެއް ނުލިބޭކަމަށް ދަނީ ބުނަމުންނެވެ.

ބައެއް އިންވެސްޓަރުން ބުނަނީ މިހާރުވެސް ކުއްޔަށް ދޫކުރެވެނީ 4 އިންސައްތައިގެ ގެއްލުމަކާއިއެކުގައި ކަމަށެވެ. ފްލެޓްތައް ގިނަވުމުން އެޑްވާންސަށް ފައިސާ ނެގުން ވެސް މިހާރު ވަނީ ދަތިކަމަކަށް ވެފައެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ފިނޭންޝަލް ފޯރަމްގައި ބައެއް ފަރާތްތަކުން ވަނީ މި މައްސަލަތައް ފާހަގަކޮށްފައެވެ. ބޮޑެތި އިންޓަރެސްޓްތަކަށް ލޯނު ނަގައިގެން އަޅާ ފްލެޓްތައް ކުއްޔަށް ހިފާނެ ބައަކު ނުވެދާނެ ކަމުގެ ބިރު އެބައޮތްކަން ވަނީ ފާހަގަކޮށްފައެވެ.
މިއަދު އޮންލައިން